Last Updated: April 27, 06:00
Saturday, April 27, 2024
ރިޕޯޓް

މަދިރި މަދުކުރަން "ވެކްޓަރ ކޮންޓްރޯލް" ކެމްޕޭނެއް ފެށިތާ 2 އަހަރު! ނަތީޖާ ސުމެއް!

2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބަލިތައް ފަތުރާ ސޫފާސޫފި މަދު ކުރުމުގެ ގޮތުން އައްޑޫގައި ވެކްޓަރ ކޮންޓްރޯލް ކެމްޕޭނެއް ފެށިއެވެ. ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ހެލްތް މިނިސްޓްރީ ގުޅިގެން އައްޑޫގައި ފެށި ކެމްޕޭނުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް އޭރު ހާމަކުރީ އައްޑޫގެ ސަރަހައްދުތައް ސާފުކޮށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށެވެ.

އެ ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މަދިރި އުފެދޭ ފެންގަނޑުތަކުން މަދިރި ނައްތާލުމަށް ބޭނުން ކުރާ ވެކްޓަރ ކޮންޓްރޯލް ޓެމެފޯސް ގެ އިތުރުން މަދިރި މަދު ކުރުމަށް ބޭނުން ކުރާ ބައެއް އެހެނިހެން މެޝިނަރީސް "ރަމްޒީ" ކޮށް ހަވާލުކުރިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އާއި އައްޑޫ ދަމަނަވެށިގެ ފަރާތުން ފޮގް މެޝިނާއި ޓެމެފޯސް ހަދިޔާ ކުރުމުގެ ރަމްޒީ ލިޔުމާ ހަވާލުވީ ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހް ސައީދާއި ދަމަނަވެށީ ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފުސާ އެވެ.

އޭގެ ފަހުން އެތަކެތި އައްޑޫއަށް ލިބުނު ކަން ހިތަދޫ ހޮސްޕިޓަލާއި ދަމަނަވެށީގެ ފަރާތުން ވެސް ސާފުކުރަން 'އައްޑޫލައިވް' އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.

އެެހެން ނަމަވެސް ޔަގީނުން ވެސް އެނގޭ ކަމަކީ، ޓެމްޕޯސް އާއި ފޮގް މެޝިންތައް ބޭނުންކޮށްގެން އައްޑޫގައި މަދިރި މަދު ކުރުމުގެ މަސައްކަތް ކުރެވެމުން ނުދާކަމެވެ.