Last Updated: June 19, 16:18
Friday, June 19, 2026
މުނިފޫހިފިލުވުން

މި އަހަރުގެ "އެންމެ ގޫގުލްޑް ސެލެބްރިޓީ" އަކަށް ސަނީ ލިއޯނީ

2018 ވަނަ އަހަރު އެންމެ ގިނައިން މީހުން ގޫގުލްކޮށްފައިވާ ތަރިއަކީ ސަނީ ލިއޯނީ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި އަހަރުގެ ފަހުކޮޅު ބޮލީވުޑްގެ އެންމެ މަޤްބޫލް ދެ ތަރިންގެ ގޮތުގައި ބެލެވޭ ދީޕިކާ ޕާދުކޯން އާއި ޕްރިޔަންކާ ޗޯޕްރާގެ ކައިވެނި ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ޙަފްލާތަކަކަށެވެ. އެހެންކަމުން ގިނަ މީހުން ލަފާކުރީ މި އަހަރުގެ އެންމެ "ގޫގުލްޑް" ސެލެބްރިޓީ އަކަށް ހޮވޭނީ އެ ދެތަރިންގެ ތެރެއިން އެކަކު ކަމަށެވެ. ނަމަވެސް ދީޕިކާ އާއި ޕްރިޔަންކާ ވެސް ފަހަތަށް ޖައްސާލުމަށްފަހު އެ ޝަރަފު މި އަހަރު ހޯދާފައި ވަނީ ސަނީ ލިއޯނީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސަނީ އެ ޝަރަފު ހޯދާފައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ސަލްމާން ޚާން އާއި ޝާހް ރުކް ޚާން އަދި އާމިރް ޚާންވެސް ފަހަތަށްޖައްސާލުމަށްފަހު އެވެ.

ސަނީ ލިއޯނީ މި އަހަރު އެއްވެސް ފިލްމަކުން ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް "ޓޯޓަލް ދަމާލް" އިން ސަނީގެ އެކްޓިންގ ބެލުންތެރިންނަށް ފެނިގެންދާނެ އެވެ. އެ ފިލްމްގައި ސަނީގެ އިތުރުން އަރްޝަދު ވާރްސީ އާއި ސަންޖޭ ދަތު އަދި ރިތޭޝް ދޭޝްމުކް އާއި ޖާވިދު ޖާފްރީ އާއި އާޝީޝް ޗޯދްރީ ވެސް ފެނިގެންދާނެ އެވެ.