Last Updated: June 19, 16:18
Friday, June 19, 2026
މުނިފޫހިފިލުވުން

"ޒީރޯ" އަށް ހަވަނަ ދުވަހު 5 ކްރޯޑް ރުޕީސް

"ޒީރޯ"ގައި ޝާހް ފެނިގެންދާނީ ޑްވާފެއްގެ ކެރެކްޓާއިން - ފޮޓޯ: ގޫގުލް

އާނަންދް އެލް ރާއި ޑައިރެކްޓްކޮށް، ލީޑް ރޯލްތަކުން ޝާހް ރުކް ޚާން އާއި އަނުޝްކާ ޝަރްމާގެ އިތުރުން ކެޓްރީނާ ކައިފް ފެނިގެންދާ "ޒީރޯ" ރިލީޒްކުރިތާ ހަވަނަ ދުވަހު ލިބުނީ ފަސް ކްރޯޑް ރުޕީސްގެ ފައިދާއެކެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މި ފިލްމުގައި ޝާހް ފެނިގެންދަނީ ޑްވާފް ފިރިހެނެއްގެ ރޯލުންނެވެ. އެހެންނަމަވެސް މި ފިލްމަށް މިހާތަނަށް ލިބިފައިވާ ރިވިއުސްތަކަށް ބަލާއިރު، ބައެއް މީހުންނަށް ފިލްމް ކަމުދިޔައިރު، ބައެއް މީހުން ބުނަނީ އުއްމީދުކުރި ވަރަށްވުރެ ފިލްމް ރީތި ނޫން ކަމަށެވެ.

"ޒީރޯ" އަކީ އެންމެ ފަހުން 2017 ވަނަ އަހަރު "ޖަބް ހެރީ މެޓް ސޭޖަލް" އަށްފަހު ރިލީޒްކުރި ޝާހްގެ ފުރަތަމަ ބޮޑު ފިލްމެވެ. މި ފިލްމް ރިލީޒްކޮށްފައި ވަނީ 21 ޑިސެމްބަރ ވީ ހުކުރު ދުވަހު އެވެ.

ބޮކްސް އޮފީސް އިންޑިއާގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ބުދަ ދުވަހު އެ ފިލްމަށް ލިބުނީ ފަސް ކްރޯޑް ރުޕީސް އެވެ. އެއީ މިދިޔަ ހޯމަ ދުވަހު އެ ފިލްމަށް ލިބުނު ފައިދާއަށްވުރެ 50% ކުޑަ އަދަދެކެވެ. މިހާތަނަށް އެ ފިލްމް ވަނީ އިންޑިއާ އިން ޖުމްލަ 81 ކްރޯޑް ރުޕީސް ހޯދާފައެވެ. މި ފިލްމަށް 100 ކްރޯޑް ރުޕީސް އަށްވުރެ މައްޗަށް ގޮސްދާނެތޯ ގިނަ ބަޔަކު ދަނީ ބަލަމުންނެވެ.

މި ފިލްމްގައި ކެމިއޯތަކުން މަޝްހޫރު ބޮލީވުޑް ތަރިން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ސަލްމާން ޚާން އާއި ސްރީދޭވީ އާއި އަބޭ ޑިއޯލްގެ އިތުރުން އާރް މާދަވަން އާއި ކަރިސްމާ ކަޕޫރް އަދި ކާޖޮލް ވެސް ހިމެނެއެވެ. މި ފިލްމްގެ ސަޕޯޓިން ރޯލްތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި މުހައްމަދު ޒީޝާން އައްޔޫބު އާއި ތިގްމަންޝޫ ދޫލިއާ އާއި ޝީބާ ޗައްޑާ އާއި ޖެއިޕްރީތު ސިންގްގެ އިތުރުން ބްރިޖެންދްރަ ކާލާ ހިމެނެއެވެ.