Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ތާރީޚީ އިލްމުވެރިޔާ ނަދުވީ އަވަހާރަވެއްޖެ

މުހައްމަދު ވަހީދު (ނަދުވީ) - ފޮޓޯ: ޓްވިޓާ

ދިވެހި އަދަބިއްޔާތާއި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢިލްމުވެރިޔާ، މުހައްމަދު ވަހީދު (ނަދުވީ) އަވަހާރަވެއްޖެ އެވެ.

ނަދުވީ އަވަހާރަވެފައި ވަނީ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އިސްލާމީ އިލްމާއި، ޕޮލިޓިކަލް ސައިންސްގެ އިތުރުން އަދަބިއްޔާތުގެ ދާއިރާއިން ތަޢުލީމް ހާސިލްކުރައްވާފައިވާ ނަދުވީ އަކީ ދިވެހި ބަހާއި ތާރީޚަށް ހިދުމަތް ކުރާ މަރުކަޒުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް މުހައްމަދު އަމީން ކިޔަވާ ވިދާޅުވި އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވާސިޓީ އިން މާސްޓަރސް ހާސިލްކުރެއްވި ނަދުވީ ވަނީ ފަތްތޫރު ފަދަ މަޖައްލާތަކަށްވެސް ލިޔުއްވާފައެވެ. ނަދުވީ އަވަހާރަވީ އިރު ހުންނެވީ ދިވެހިބަހުގެ އެކެޑެމީގެ ތާރީޚު ބައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.