Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ރައީސް ސޯލިހު "ހަފުތާ ރެސް" ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކޮންމެ ހަފްތާއެއް ނިންމުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ "ހަފުތާ ރެސް" އެމަނިކުފާނު މިރޭ ބައްލަވާލައްވައިފިއެވެ.

ސޯޝަލް ސެންޓަރު ސަރަހައްދުގައި ބާއްވާ ހަފުތާ ރެސް ހަރަކާތަކީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އިންތިޒާމްކުރައްވައިގެން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި، އަންހެނުންނާއި، އަދި ޙާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއަރުވައި، އެ ފަރާތްތަކުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ވީކްއެންޑް މާކެޓްގެ އިތުރުން ހަފުތާ ރެސް ގެ މި ހަރަކާތުގައި، މިއުޒިކް އަދި ޓެލެންޓް ޝޯއާއި، ކުޑަކުދިންނަށް ޙާއްޞަކޮށްގެން ބާއްވާ ކުޅިވަރުތައްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.