Last Updated: April 19, 10:32
Friday, April 19, 2024
ޚަބަރު

"ޖޯލިއަންސް މިކްސް ވޮލީބޯލް ޓޯނަމަންޓް"ގެ ހަވަނަ މެޗް ޓީމް އަލްފެއިން ކާމިޔާބުކޮށްފި

ޓީމް އަލްފެއިން

އައްޑޫ ސިޓީ ފޭދޫ ވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ "ޖޯލިއަންސް މިކްސް ވޮލީބޯލް ޓޯނަމަންޓް"ގެ ހަވަނަ މެޗްގައި ޓީމް އަލްފެއިންއާއި ޓީމް ލިޓަސް ބައްދަލްކުރި މެޗް ޓީމް އަލްފެއިން ކާމިޔާބު ކޮށްފިއެވެ.

މިމެޗް ޝަރަފުވެރިކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު މުއުމިން އަދި ފޭދޫ ހެލްތް ސެންޓަރ ހިންގެވުމާއި ހަވާލުވެހުންނެވި ސީނިއަރ އެޑްމިން އޮފިސަރ ޒިލީނާ ޒާހިރެވެ.

މިފޯރިގަދަ މެޗްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އަލްފެއިންގެ ޖާޒީ ނަމްބަރު 9 އިބްރާހީމް މޫނިސް އެވެ.

މެޗްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ އިބްރާހީމް މޫނިސް

އަދި މެޗްގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ލިޓަސްގެ ޖާޒީ ނަމްބަރު 7 ފާތިމަތު ނުސްރާއެވެ.

މެޗްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ފާތިމަތު ނުސްރާ