ގެސްޓް ހައުސް ދާއިރާއާ ގުޅޭގޮތުން ބާއްވާ ބޮޑު މަހާސިންތާ މިއަދު ފަށައިފިއެވެ.
ދަރުބާރުގޭގައި ކުރިއަށްދާ މި މަހާސިންތާގައި 400 އަށް ވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖެހިފައިވާ އެއް ކަން މިއަދު ފަށާފައިވާއިރު އެމަނިކުފާނު މިރޭ މަހާސިންތާ ނިންމާލުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިމަހާސިންތާ ފައްޓަވާ ދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. މިނިސްޓަރު ވަނީ ހުރިހާ ބައިވެރިންނަށް ވެސް ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށައެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ވީހާވެސް ގިނަ ބޭފުޅުން އެކަން ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.