Last Updated: April 27, 09:26
Saturday, April 27, 2024
މީހުން

އެންޖެލީނާ ޖޯލީވެސް ސިޔާސީ މައިދާނަށް؟

BBC RADIO 4

ހޮލީވުޑްގެ މަޝްހޫރު ބަތަލާ، އެންޖެލީނާ ޖޯލީ ސިޔާސީ ދާއިރާއަށް ވަންނަން އުޅޭ ކަމުގެ ނިޝާނެއް ދީފިއެވެ.

ބީބީސީގެ ރޭޑިއޯ ޝޯއަކަށް ޖޯލީ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ސިޔާސީ ދާއިރާއަށް ވެސް ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ. "މީގެ 20 އަހަރު ކުރިން ތިސުވާލު ކުރިނަމަ އަހަންނަށް ވާނީ ޖޯކަކަށް. އެކަމަކު މިހާރު ނުދާނެމެކޭ ނުބުނާނަން. ހަމަ ޔަގީނުންވެސް ފޮރުވައި ވަޅުލާން ޖެހޭ ސިއްރެއް އަހަރެންގެ ނެތް" ރައީސް ކަމަށް ކުރިމަތިލާފާންތޯ ސުވާލު ކުރުމުން ޖޯލީ މަޖާ ގޮތަކަށް ޖަވާބު ދިނެވެ.

އުމުރުން 43 އަހަރުގެ ޖޯލީ އަކީ އދ. ގެ ރެފިއުޖީ އޭޖެންސީއަށް ކަނޑައަޅާފައި ހުރި ސްޕެޝަލް އެންވޯއީއެކެވެ. އޭނާ ވަނީ ކުރީގެ ފިރިމީހާ، ބްރެޑް ޕިޓްއާއެކު 5 ކުދިން އެޑޮޕްޓް ކޮށް ބަލާ، ބޮޑުކުރަމުންނެވެ. ނަމަވެސް ޕިޓްއާ ދެމީހުން ވަކިވުމަށް ފަހު ކުދިން ބަލަނީ ޖޯލީ އަމިއްލައަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ވާހަކަ ދައްކަމުން އޮސްކާ އެވޯޑު ހާސިލުކޮށްފައިހުރި އެކްޓްރެސް ބުނެފައިވަނީ އޭނާއަކީ ވަކި ކޮޅަކަށް ޖެހޭ ފަރާތެއް ނޫން ކަމަށެވެ. އެހެންކަމުން އޭނާ ހުރީ ވަރަށް ޚާއްސަ ހިސާބެއް ގައި ކަމަށާއި ސަރުކާރުން ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ ކުރިންވެސް ހޮލީވުޑް އިން މަޝްހޫރުކަން ހޯދި ފަރާތްތަކުން ވަނީ ސިޔާސީ މައިދާނުން ޖާގަ ހޯދާފައެވެ. ރިޕަބްލިކަން ޕާޓީގެ ސެނެޓަރ އާނޮލްޑް ޝްވަޒެނޭގާ އަކީ އެންމެންގެ ހިތަށްވެސް ވެރިވާނެ ފުރަތަމަ ނަމެވެ.