ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް(ޕީޕީއެމް) ދޫކުރައްވައި ކުރީގެ ރައީސް ޔާމީން އާ ޕާޓީއެއް ހެއްދެވުމުން ޕާޓީގެ މެމްބަރުން އާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގެސްއާ ގުޅެން ފަށައިފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސަކަށް ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އުފެއްދެވި ޕާޓީ ރަޖިސްޓާ ކުރުމުގެ ހުއްދަ ދިނުމާއެކު ގަޑިއިރުތަކެއް ތެރޭ 3،000 މެމްބަރުންގެ ސޮއި ވަނީ ހަމަކޮށްފައެވެ.
Congress Party ah form furun…. pic.twitter.com/r2tt7fUCwj
— Abdul Raheem Abdulla (@Banafsaa) December 28, 2018
ޕާޓީއަށް މީހުން ވެއްދުމާއި، ޕީޕީއެމް މެމްބަރުން ބަދަލުކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ޕީޕީއެމްގެ ލީޑަޝިޕްގައި ވެސް ތިއްބެވި ބޭފުޅުންނެވެ. އެގޮތުން އަދުރޭގެ އިތުރުން ޕީޖީ ލީޑަރ ނިހާން، ފޭދޫ ދާއިރާގެ މެމްބަރު އައިބީ، ޕާޓީގެ ސެކެޓްރީ ޖެނެރަލް މުންދު އިސްކޮށް ހަރަކާތްތެރިވެއެވެ.
ނަމަވެސް ޔާމީން އެއްވެސް ކަމެއްގައި އަމަލީ ގޮތުން ބައިވެރިވަމުން އަންނަ ތަނެއް އަދި ނުފެނެއެވެ. އާ ޕާޓީއެއް ހަދަން އަދުރޭ މަސައްކަތް ކުރަމުން އަންނަ އިރު ޕީޕީއެމްގެ މަޖިލިސް ޓިކެޓު 70 އަށްވުރެ ގިނަ ފަރާތަކަށް ޔާމީން ވަނީ ދެއްވާފައެވެ.