Last Updated: June 19, 16:18
Friday, June 19, 2026
މުނިފޫހިފިލުވުން

ޗިރާގް އާއި ޕާރުލް ހަނީމޫނަށް ރާއްޖެ އަތުވެއްޖެ

"ޔޭ ރިޝްތާ ކްޔާ ކެހެލާތާ ހޭ" ގެ އެކްޓްރެސް ޕާރުލް ޗޯހަން އާއި އޭނާގެ ލޯބިވެރިޔާ ޗިރާގް ޓައްކަން ކައިވެނިކުރީ މި ހިނގާ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު މުމްބާއީގަ އެވެ. އެ ދެމަރިފިން ވަނީ ޕާރުލްގެ އުފަން ރަށް ކަމުގައިވާ އުއްތަރް ޕްރަދޭޝްގެ ލަކްމީޕޫރް ކޭރީގައި އާއިލާ އާއި ރަހުމަތްތެރިންނަށް ރިސެޕްޝަން ޕާޓީއެއް ވެސް ބާއްވާފައެވެ. އަދި ހަނީމޫންގެ ފުރަތަމަ ބައި ނޭޕާލްގެ ކަތްމަންޑޫގައި ހޭދަކުރުމަށްފަހު، ޕާރުލް އާއި ޗިރާގް ވަނީ މިހާރު ރާއްޖެ އައިސްފައެވެ.

ޕާރުލް އާއި ޗިރާގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ މާފުށީގަ އެވެ. ޕާރުލް ވަނީ ދެމަފިރިންގެ ހަނީމޫންގެ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.

ޕާރުލް އާއި ޗިރާގްގެ ކައިވެނީގައި ގިނަ ޓީވީ ތަރިންތަކެއް ބައިވެރިވިއިރު، ޕާރުލް އެންމެ ފުރަތަމަ މަޝްހޫރުވެގެން ގޮސްފައިވަނީ ސްޓާ ޕްލަސް އިން ގެނެސްދިން ސީރިއަލް "ސަޕްނާ ބާބުލް ކާ…ބިދާއީ"ގައި ރާގިނީގެ ރޯލުންނެވެ.