Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ރެޑިކަލް ޕާޓީ އުފައްދަން ހުއްދަ ދިނުމުން މާރިޔާ ކަންބޮޑުވެއްޖެ

ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު (މިހާރު)

"ރެޑިކަލް ޕާޓީ" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި މާރިޔާ ވިދާޅުވެފައި ވަނީ "އާބަން ޑިކްޝަނަރީ"ގައި ބުނެފައިވާ ގޮތުން "ރެޑިކަލް" އަކީ ހައްދުފަހަނަޅާފައިވާ ވިސްނުން ގެންގުޅޭ މީހުންނަށް ކިޔާ ނަމެއް ކަމަށެވެ. އަދި އަބަދުވެސް އަޅުގަނޑުމެންނަށް ދަސްކޮށްދީފައި ވަނީ "މެދު މިންވަރީ ހެޔޮ މިންވަރު" ކަމަށެވެ.

އެހެންކަމުން ރެޑިކަލް ޕާޓީ އިން ތަމްސީލްކުރާނީ ކޮންކަހަލަ ވިސްނުމެއް ކަމާއިމެދު މާރިޔާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރެޑިކަލް ޕާޓީ އުފެއްދުމުގެ ހުއްދަ އީސީ އިން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް މި ޕާޓީ އުފެއްދުމަށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އީސީ އިން ބުނެފައެއް ނުވެއެވެ.