ވިހެއުމުގެ ތެރޭގައި ނިޔާވާ އަންހެނުންނަކީ ދެވަނަ ދަރަޖައިގެ ޝަހީދުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިޚް އަލީ ޒައިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Anhenunnah Salute kuran jehey! banduga kujjaa baavvaigen ethakeh veynaa kekulhumeh emeehun thahammal kurey! adi vihumugai furaana ai mahchah laa. subhaanallahi! mihenve vihumuge thereyga niyaavaa anhenunnakee 2 vana darajaige shaheedun kamah hadees gai aissa vey! Allah Akbar!
— Ali Zaid (@alizaid1000) December 29, 2018
އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވަނީ އަންހެނުންނަށް ސެލިއުޓް ކުރަން ޖެހޭ ކަމަށާއި، ބަނޑުގައި ކުއްޖާ ބާއްވައިގެން އެތަކެއް ވޭނާ ކެކުޅުމެއް އަންހެނުން ތަހައްމަލްކުރާ ކަމަށެވެ.
"އަދި ވިހެއުމުގައި ފުރާނަ އަތްމައްޗައްލާ. ސުބްހާނައްﷲ! މިހެންވެ ވިހެއުމުގެ ތެރޭގައި ނިޔާވާ އަންހެނުންނަކީ ދެވަނަ ދަރަޖައިގެ ޝަހީދުން ކަމަށް ހަދީޘްގައި އައިއްސަވޭ! ﷲ އަކްބަރު"، އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވިއިރު، އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން 20 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވަނީ މިއަދު ނިޔާވެފައެވެ.