ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މއ. އެވަރ ބްރައިޓް، ސުހައިލް އަހުމަދު އައްޔަން ކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ސުހެއިލް އެ މަޤާމަށް އައްޔަންކުރެއްވީ މިއަދު އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެޗްޑީސީގައި މަސައްކަތް ކުރައްވާފައިވާ ސުހެއިލް އަކީ މީގެ ކުރިން ވެސް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމް އަދާކުރައްވާފައެވެ. އެގޮތުން އޭނާ އެ މަޤާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އެވެ.
ނަމަވެސް އަމިއްލަ ސަބަބުތަކާއި ހެދު ސުހެއިލް ވަނީ އެޗްޑީސީގެ އެމްޑީކަމުން 2015 ވަނަ އަހަރު އިސްތިއުފާ ދެއްވާފައެވެ.