Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

2018 އަފިރިން "ހިއްމަލާނެއި" ވަރައް ތަފާތުކޮށް

"ހިއްމަލާ 2018" ގެ ނަމި އައްޑޫއެ ވަރައް ހާއްސަ އިވެންޓައް ތެބެ ބާތާ. ދިޔަގަނޑި ކުޅިވަރާއި ބޮނޑަ ކެއުމަކާއި އެކި ޒާއްޒަތުގެ ކުޅިވަރާއި އެއްކޮށް ބާ މި އިވެންޓާ އޮންނެނެއި މިފަހަރަ ހިތަދޫ އަތިރެ ބަނދަރި ސަރަހައްދެ.

"އައްޑޫ ފުރެންޑްސް" އިސް ނާގެން ބާ މި އިވެންޓާއި އައްޑޫ އެ ހަރަކާތްތެރިވޭ ގާއްގަނޑަކަށް ހުށިހެއި ޖަމިއްޔާކުން ބައިވެރިވެތާ.

އަހަރެ އެންމެ ފަހި ދުވަސް، މާދުމަށް އޮއް މި އިވެންޓާއި ހަވީރެއި ދިޔަގަނޑި ކުޅިވަރާ ބާކޯ ހަވީރެއި ހަތަރަކުން ހަޔެކަށް ޖެޓްސްކީ ދިއްވުމާއި ވޯޓާ ޕޯލް އަދި ފަން ޓިއުބް ކަހަލެއި މަޖާ ދިޔަގަނޑި ކުޅިވަރަތަކި ބައިވެރިވެވޭހެއް. ދިޔަގަނޑި ކުޅިވަރަތަކި އަދި ކުދުކުދިންގެ އޮލިމްޕިކްސް އެ ބައިވެރިވުން މިފަހަރަ މިޅިން ހިލެއި. އަދި ހެސްކޭފެއި ފޯރިގަދަ މަސް ރޭހަކަސް މިފަހަރަ އިންތިޒާމު ތެބެ ކެރަތާ.

އެހެން އަހަރަތަކާއި މިފަހަރަ ވަރައް ތަފާތު. މިއަހަރަ ނިންމަލާއް އޮތީ ވަރަގަދަ ކެއުންގަނޑަކާއި އެއްކޮށް ނިކަން ފޯރިގަދަ ބޮނޑަމީހުންގެ ކުޅިވަރަ ހަރަކާއްތަކަކާއި އެއްކޮށް. ކެއުމާއި ބައިވެރިވޭއް 100 ރުފިޔާގެ ޓިކެޓަށް ނަގާއް ޖެހޭހެއް. ފޯރިގަދަ ވައުދެމުމުގެ މުބާރާތަކާއި ކައިށި ރޭސް އަދި މާކުންބެ ރޭހަކަސް ރެއިގަނޑި ބޮނޑަމީހުންނަށް ހާއްސަކޮށް ތިބި ކުޅިވަރިތަކި އެތެރެ ހިމެނެއި.

އައު އަހަރަ ފެއްޓޭކޯ، މެންދަމި ބާރަ ޖަހާކޯ ބާ ހަރަކާއްތަކި އެތެރެ ލެންޓާން އެރުވުމާއި އައި ރަނާސް އިން އިންތިޒާމު ކޮށްގެން އައު އަހަރަ ދިވުމަކުން ފަށާއް "މިޑްނައިޓް ރަން" އަކަސް މިއަހަރަ ޖަހާށިޔެ. އޭ 5 ކިލޯ މީޓަރުގެ ކުދު ދިވުމަށް. ބޭނުން ބާކިންނަށް ދިވުމާއި އަސް ބައިވެރިވެވޭހެއް.

މި ހާއްސަ އަހަރަ ހިއްމަލާ އަފިރިން އެންމެން މިފަހަރަ މި އީދެ ބައިވެރިވޭ ވޭހެއް. އެންމެނަސް މާދުމަށް ހަވީރެއި ކުދިންކެޑާ ބެޑުއަގެން ގޮސް ރެއިގަނޑި ކުދިންކެޑާ ނިދުވަލާއި ކެއުމާއި ކުޅިވަރި ބައިވެރިވޭ އޭއް ވޭހެއް.