Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އިސް ރަށްވެހިންނަށް ޚާއްސަ ޕާކެއް އައްޑޫގައި ބިނާކުރަނީ

އައްޑޫ ސިޓީގައި އިސް ރަށްވެހިންނަށް ޚާއްސަ ޕާކެއް ބިނާ ކުރުމަށް ޕެންޝަން އޮފީހުން ނިންމައިފިއެވެ.

ހިތަދޫގައި ބިނާ ކުރާ މިޕާކަކީ ހިތަދޫގައި ދިރިއުޅޭ އިސް ރަށްވެހިން އާއިލާއާއެކު ވަގުތު ހޭދަކޮށްލައި ހިތްހަމަޖައްސާލުމަށް ޚާއްސަ ތަނެއް ގާއިމްކުރުމަށް ޕެންޝަން އޮފީހުން ހަދާ ޕާކެކެވެ.

ޕެންޝަން އޮފީހުން ވަނީ މި ޕާކު ކުރަހައި، ފަރުމާކޮށް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ.