Last Updated: June 8, 12:02
Monday, June 8, 2026
ކުޅިވަރު

ސަލާ ޕެނަލްޓީ ފްރިމީނޯއަށް ދިނުމުން ރޮވުނު: ކްލޮޕް

premierleague

ރޭ ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގައި ލިވަޕޫލްގެ ފަސްވަނަ ގޯލު ޖެހުމަށް ލިބުނު ޕެނަލްޓީ، ފިރްމީނޯގެ ހެޓްރިކް ފުރިހަމަ ކުރުމަށް ސަލާ އޭނާއަށް ދިނުމުން ކުޑަކޮށް ރޮވުނު ކަމަށް ޓީމުގެ ކޯޗު ކްލޮޕް ބުނެފިއެވެ.

ލިވަޕޫލުން 1-5 ގެ ތަފާތުބޮޑު ނަތީޖާއިން މެޗު ނިންމާލުމަށް ފަހު ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ ސަލާ އަކީ ގޯލާ ރަށްޓެހި އަދި ގޯލު ޖެހުމަށް ލޯބިކުރާ ކުޅުންތެރިޔެއް ކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. އަދި ޕެނަލްޓީ ލިބުމުން، ފިރްމީނޯއަށް ޕެނަލްޓީ ޖަހަން ދިނުމުން އޭނާއަށް ރޮވޭ ގޮތްވި ކަމަށާއި ކުޅުންތެރިންގެ މެދުގައި އޮންނަ އެކުވެރިކަމާމެދު ފަޚުރުވެރިވާ ކަމަށް ކްލޮޕް ބުނިއެވެ.

ލިވަޕޫލްގެ ޕެނަލްޓީ ޖެހުމަށް ކްލޮޕް ކަނޑައަޅާފައި ހުންނަ ކުޅުންތެރިޔަކީ ސަލާއެވެ. އޭނާ ވަނީ ރޭގެ މެޗުގައި އާސެނަލްގެ ހަތަރުވަނަ ގޯލުވެސް ޕެނަލްޓީއަކުން ކާމިޔާބުކޮށްފައެވެ. ނަމަވެސް އޭގެ ކުރިން ފިރްމީނޯ ދެ ލަނޑު ޖަހާފައިވާތީ، އޭނާއަށް ހެޓްރިކް ހެދުމަށް ސަލާ ވަނީ ފަހު ހާފުގައި ލިބުނު ޕެނަލްޓީ ނުޖަހައި ފިރްމީނޯއަށް ބޯޅަ ދީފައެވެ.

ފިރްމީނޯ ވަނީ ހުށިޔާރު ކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ރޭގެ މެޗުން ލިވަޕޫލް އާސެނަލް ބަލިކުރުމާއެކު ލިވަޕޫލް ވަނީ ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަމަވެސް ޗެމްޕިއަން މެންޗެސްޓާ ސިޓީ މިރޭ ސަދަމްޓަން ބަލިކޮށްފިނަމަ ލީޑު ހަ ޕޮއިންޓަށް ކުޑަ ވާނެއެވެ.