Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މާލޭ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އެމްއެންޑިއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މއ.އަޖްމީސްޓާރ، ސިޑި ގޮޅީގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށާއި، އެ ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ ރޭ ފަތިރު 04:20 ހާއިރު ކަމަށެވެ.

އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ޙަރަކާތްތެރިވެފައި ކަމަށާއި، މި ހާދިސާގައި އެ ގޭގެ ސިޑި ގޮޅީގައި ހުރި ކުނިތަކުގައި ރޯވުމުގެ ސަބަބުން މުޅި އިމާރާތުގައި ވަނީ ދުން ބޯވެފައި ކަމަށެވެ. އެގޮތުން އިމާރާތުގައި ދިރިއުޅޭ މީހުން ސަލާމަތްތެރިކަމާއެކު އިމާރާތުން ބޭރަށް ނެރުމަށްފަހު ސްމޯކް އެކްސްޓްރެކްޓަރގެ އެހީގައި ދުންތައް ބޭރުކުރުމުގެ މަސައްކަތްވަނީ ރޭ ފަތިހު ވަނީ ކޮށްފައި ކަމަށާއި، ރޯވި އަލިފާން ނިއްވާލާފައިވަނީ 04:31 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، އެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކާއި ހާދިސާ ހިނގަން ދިމާވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.