Last Updated: June 19, 11:00
Friday, June 19, 2026
މުނިފޫހިފިލުވުން

"ސިމްބާ" އަށް ދެ ދުވަހުގެ ތެރޭގައި 44.25 ކްރޯޑް ރުޕީސް

ސާރާ އަލީ ޚާން އާއި ރަންވީރް ސިންގްގެ ފިލްމް "ސިމްބާ" އަށް ދެ ދުވަހުގެ ތެރޭގައި 44.25 ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.

ބޮކްސް އޮފީސް އިންޑިއާގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ހޮނިހިރު މި ފިލްމަށް ވަނީ ޖުމްލަ 23.75 ކްރޯޑް ރުޕީސް ލިބިފައެވެ. އެއީ ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަސް ކަމުގައިވާ ހުކުރު ދުވަހު ލިބުނު ފައިދާއަށްވުރެ ގާތްގަނޑަކަށް 15% ބޮޑު އަދަދެކެވެ. މިއާއެކު މި ފިލްމަށް ވަނީ މިހާތަނަށް 44.25 ކްރޯޑް ރުޕީސްގެ ފައިދާއެއް ލިބިފައެވެ. އަދި މި ހަފްތާ ބަންދުގައި އާއި ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމަށް އިތުރު ފައިދާތަކެއްވާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

ރަންވީރް އާއި ސާރާގެ އޮން-ސްކްރީން ކެމިސްޓްރީ އަށް ގިނަ ބައެއްގެ ތަރުހީބާއި ތަޢުރީފް ވަނީ ލިބިފައެވެ. މިއީ ޑައިރެކްޓަރ ރޯހިތު ޝެޓީ އާއި ޕްރޮޑިއުސަރ ކަރަން ޖޯހަރް ވެސް އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

ސާރާ އާއި ރަންވީރްގެ އިތުރުން ސޯނޫ ސޫދު އާއި ސިދާތު ޖާދަވްގެ އިތުރުން އާޝުތޯޝް ރާނާ ވެސް މި ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެ އެވެ.