ކ. ކާށިދޫ އަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.
މާލޭ އިން ގަސްކާނާ ހިފައިގެން ކާށިދޫ އަށް ދަތުރުކުރި "ގެޓާނޯ" ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލާފައި ވަނީ ކ. ގާފަރު ކައިރިންނެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު މެންދުރު 14:33 ހާއިރު ކަމަށާއި، ޚަބަރު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރޮން އިން އެ ސަރަޙައްދަށް ގޮސް ޙަރަކާތްތެރިވި ކަމަށެވެ.
މި ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ދިވެއްސަކާއި ފަސް ބިދޭސީ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އެމީހުން މިހާރު ތިބީ ފަރުމަތީގައި ކަމަށާއި، ގާފަރު ކައުންސިލްގެ ފަރާތުން އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.