Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އައިސީޓީއާ ގުޅޭ ޤާނޫނެއް ހަދާނެ ފަރާތެއް ހޯދަނީ

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް - ފޮޓޯ: ވީނިއުސް

އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) އާއި ގުޅޭ ޤާނޫންތަކެއް ޑްރާފްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އިން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހު 10:00 އަށް އެ މިނިސްޓްރީ އަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު، 24 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހު 10:00 އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ކަމަށެވެ.

އަދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި މައުލޫމާތު ސާފުކުރަން ހާޟިރުވާ ފަރާތްތަކަށް ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ. އަދި މިކަމާއި ބެހޭ އިތުރު މަޢުލޫމާތު [email protected] އަށް އީ-މެއިލް ކޮށްގެން ސާފުކުރެވޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.