މާލޭ އިން ގަސްކާނާ ހިފައިގެން ކ. ކާށިދޫ އަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ދޯނީގައި ތިބި މީހުން ސަލާމަތްކޮށް، ގާފަރަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ގެޓާނޯ" ނަމަކަށް ކިޔާ މި ދޯނި، ކ. ގާފަރު ފަރުމައްޗަށް ބަންޑުން ޖަހާލިއިރު އޭގައި ތިބި މީހުން ސަލާމަތްކޮށް، އެރަށު ލޯންޗެއްގެ އެހީތެރިކަމާއެކު ގާފަރު ސިއްޙީ މަރުކަޒަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު މެންދުރު 14:33 ހާއިރު ކަމަށާއި، ޚަބަރު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރޮން އިން އެ ސަރަޙައްދަށް ގޮސް ޙަރަކާތްތެރިވި ކަމަށެވެ.
85 ފޫޓުގެ މި ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ދިވެއްސަކާއި ފަސް ބިދޭސީ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.