Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ބަންޑުން ޖަހާލި ދޯނީގައި ތިބި މީހުން މާލެ ގެނެސްދީފި

މާލެއިން ފުރައިގެން ކ. ކާށިދޫއަށް ދަތުރުކުރި "ގެޓާނޯ 2" ނަމަކަށް ކިޔާ ދޯންޏެއް ކ. ގާފަރު ކައިރިން ބަންޑުން ޖަހާލުމާ ގުޅިގެން އެ ދޯނީގައި ތިބި މީހުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މިރޭ މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ "ގެޓާނޯ 2" ދޯނީގައި ތިބި މީހުން މާލެ ގެނެސްފައިވަނީ މިރޭ 18:45 ހާއިރު ކަމަށާއި، މާލެ ގެނައި މީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީންނާއި އެއް ދިވެއްސަކު ކަމަށެވެ. އަދި މި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.

85 ފޫޓުގެ މި ދޯނި ބަންޑުން ޖަހާލާފައި ވަނީ ގިނަ އަދަދެއްގެ ގަސްކާނާ ހިފައިގެން ދަތުރުކުރަމުންދަނިކޮށެވެ.