ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހުލޫފް އާއި ބައްދަލުކުރައްވައިފި އެވެ.
ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު މިނިސްޓަރ މަހުލޫފް އާއި ބައްދަލުކުރައްވައި ޒުވާނުންނާއި ގުޅޭގޮތުން ހުރި ބައެއް ކަންބޮޑުވުންތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
Good to meet with Youth Minister Hon @AhmedMahloof ! Shared concerns and issues related to youth. I understand the challenges and no doubt he will get it sorted. pic.twitter.com/s9REec7LOt
— Abdulla Riyaz MP (@riyazabdulla) December 31, 2018
އަދި އެކަމުގައި ހުރި ގޮންޖެހުންތައް އެނގިވަޑައިގަންނަވާ ކަމަށާއި، އެކަންތައްތައް މިނިސްޓަރ ހައްލުކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.
ނަމަވެސް މި ބައްދަލުވުމާއި ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.