Last Updated: June 8, 11:47
Monday, June 8, 2026
ކުޅިވަރު

ބެޔާން އިން ދިވެހި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފި

ޖަރުމަނު ޗެމްޕިއަން ބެޔާން މިއުނިކް އިން ދިވެހި ރާއްޖެއިން އެ ޓީމަށް ސަޕޯޓުކުރާ ފަރާތްތަކަށް މިއަހަރު ދެއްކި ސަޕޯޓަށް ޝުކުރު އަދާކޮށްފިއެވެ.

ބަޔާންގެ ރަސްމީ "ފޭސްބުކް" ޕޭޖުގައި ދިވެހިންނަށް ޝުކުރު އަދާކޮށްފައިވަނީ، ދިވެހިން ލިޔެފައިވާ ޕޯސްޓަކުންނެވެ.

އަދި އަންނަ އަހަރުވެސް ހަމަ އެފަދަ ސަޕޯޓެއް ފެނިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެ އާ އަހަރުގެ ތަހުނިޔާ ވެސް ކުލަބުން ވަނީ އަރިސް ކޮށްފައެވެ.

ދިވެހި ރާއްޖޭގައި ގިނައިން އިނގިރޭސި ކުލަބުތަކުގެ ސަޕޯޓަރުން ތިބޭ އިރު ސްޕެއިންގެ ރެއާލް، ބާސާ އަދި އެތްލެޓިކޯ އަށް ސަޕޯޓުކުރާ މީހުންނާއި ޖަރުމަނުގެ ބެޔާން އަދި ފްރާންސުގެ ޕީއެސްޖީއަށް ސަޕޯޓުކުރާ މީހުންވެސް ގިނައެވެ.

ބަޔާން އަކީ ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބުކަން ފާހަގަކޮށްލަން ޖެހެއެވެ.