ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި މި އަހަރު ރެކޯޑް އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލްއެލް) އިން ބުނެފި އެވެ.
އެމއޭސީއެލްގެ ސޯސިއޭޓް ޖެނެރަލް މެނޭޖާރ ހަސަން އަރީފް އާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި މިދިޔަ ފަސް ދުވަހުގެ ތެރޭގައި ވެސް 80 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް ވީއައިއޭގައި ޖައްސާފައިވާ ކަމަށެވެ.
މި އަހަރު ރެކޯޑް އަދަދަކަށް ވީއައިއޭގައި ޕްރައިވެޓް ޖައްސާފައިވާއިރު، މިހާތަނަށް އެންމެ ގިނަ ބޯޓު ވީއައިއޭ އަށް ޖައްސާފައި ވަނީ ވެސް މި އަހަރުއެވެ. އެގޮތުން މި މަހުގެ 23 ވަނަ ދުވަހު އެކަނި ވެސް 55 ފްލައިޓް ޖައްސާފައިވާ ކަމަށާއި، ޑޮމެސްޓިކް އެއާ ޓްރެފިކް މޫވްމެންޓްސް (އޭޓީއެމްސް) 102 އަށް އަރާއިރު، ސީޕްލޭން އޭޓީއެމްސްގެ އަދަދު 517 އަރާ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.
ވީއައިއޭ ހުޅުވި ފަހުން މިހާތަނަށް އެންމެ ގިނަ ފްލައިޓް އެއާޕޯޓްގައި ޖައްސާފައި ވަނީ އެދުވަހު އެވެ. އެގޮތުން އެ ދުވަހު 17،723 ބައިނަލްއަޤްވާމީ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާއިރު، އެ ދުވަހު ވަނީ 4،269 ޑޮމެސްޓިކް ފަސިންޖަރުންނަށް ވެސް ޚިދުމަތް ދީފައެވެ.