Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ: މެޓް އޮފީސް

ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަކީ އެދެވިގެންވާ ކަމެއް ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ(މެޓް އޮފީސް) އިން ބުނެފިއެވެ.

މިއަދުގެ ހަވީރު 18:00އާއި ހަމަޔަށް މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ވައި ޖެހޭނީ އިރުއުތުރާއި އިރުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރު މިނެއްގައި ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނެއްގައި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ކަނޑުތަކަށް ބަލާއިރު މެދުތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއިމ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.