Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ﷲގެ އިރާދަފުޅުން 2019 އަކީ ނަތީޖާ ނެރޭނެ އަހަރެއް: އަލީ ވަހީދު

ﷲގެ އިރާދަފުޅުން 2019 އަކީ ނަތީޖާ ނެރޭނެ އަހަރެއް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި 2019 ވަނަ އަހަރަކީ ނަތީޖާ ނެރޭނެ އަހަރެއް ކަމުގައި ވިދާޅުވެފައިވާ އިރު، ނިމިގެން ދިޔަ 2018 ވަނަ އަހަރަކީ ކާމިޔާބު ކުރެވުނު އަހަރެއް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އާ އަހަރގެ ތަހުނިޔާ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

އާ އަހަރަކަށް މިސްރާބު ޖަހާފައިވާ އިރު ކޮންމެ މުއައްސަސާއަކުން ވެސް ހެޔޮ ބަދަލުތަކެއް ފެނި، ރައްޔިތުން ހިތްހަމަޖެހޭ ފަދަ ޚިދުމަތްތަކެއް ފެނިގެން ދިޔުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އެދުން ކަމުގައި ވާނެއެވެ.