Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ޕެންޝަން އޮފީހުން ހިތަދޫގައި ޕާކެއް ހަދަނީ

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން އައްޑޫ ސިޓީ، ހިތަދޫގައި ޕަބްލިކް ޕާކެއް ހަދަން ނިންމައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕާކް ހަދަނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގެ ކުރިމަތިން އޮންނަ ހުސްބިމުގައެވެ. ޕާކް ހެދުމަށް ޕެންޝަން އޮފީހާއި އެ ބިން ހަވާލުކޮށްފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ.

ޕެންޝަން އޮފީހުގެ ސީއެސްއާރު ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރެވޭ ޕާކު ވެގެންދާނީ ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭ ގޮތަށް ހަދާ ތަނަކަށެވެ.

ޕާކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕެންޝަން އޮފީހުގެ ފަރާތުން މިހާރު ވަނީ އިއުލާން ވެސް ކޮށްފައެވެ.