Last Updated: April 19, 06:01
Friday, April 19, 2024
ޚަބަރު

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހދ ނައިވާދޫއަށް ލައްގައިފި

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހދ ނައިވާދޫއަށް ލައްގައިފިއެވެ.

އެރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ފާއިޒުއާއި ހަވާލާދެއްވާ ރާއްޖެއެމްވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 11:30 ހާއިރު އެރަށުގެ ގޮނޑުދޮށުން
އިންސާނެއްގެ ހަށިގަނޑެއް ވަނީ ފެނިފައެވެ. އަދި ކާކުކަން ނޭނގޭ ވަރަށް ހަށިގަނޑު ހަލާކުވެފައިވާ ކަމަށާއި، ލަފާ ކުރެވެނީ އަންހެނެއްގެ ހަށިގަނޑާ ކަމަށް ވެސް ފާއިޒް ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓްކޮށްޕައިވެއެވެ.

ހަށިގަނޑު ލައްގާފައި އޮތީ އެރަށުގެ އިރުމަތީ ފަރާތުގެ ބޯޓް ޔާޑް ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ނައިވާދޫއަށް މަރުވެފައިވާ މީހެއްގެ ހަށިގަނޑު ލެއްގިކަން ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރު 12:00 އެހާއިރު ކަމަށް ފުލުުހުން ބުނެއެވެ. އަދި މިކަން ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެެރަށަށް ގޮސް މިހާރު އެރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.