Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ ކަމަށްވާ ސައޫދީ އަރަބިއްޔާގެ ޚާލިދު ކަރީމްއަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

ޚާލިދު ކަރީމް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު އޮމާން އެއާ އިންނެވެ. ޚާލިދަށް ލިބުނު މިޝަރަފާއި ގުޅިގެން އޭނާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވާ ރިސޯޓުގައި ހިލޭ ހުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ޚާލިދަށް ރާއްޖެއިން މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އޮމާން އެއާގެ އިސް ބޭފުޅުންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިސް ބޭފުޅުންނެވެ.

ޚާލިދު ދެން ރާއްޖެއަށް ޒިޔާރާތްކުރާއިރު އޮމާން އެއާ އިން ވަނީ އޭނާއަށް ދެކޮޅު ޓިކެޓް ދިނުމަށް ނިންމާފަ އެވެ. އަދި އާވީ ނޭޗާސް ޕެރަޑައިސް ރިސޯޓުން 7 ދުވަހު ހިލޭ ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.

ނިމިގެން ދިޔަ 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށްވުރެ ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފަ އެވެ.