އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރާއިރު، ކުޑަކުރަންވާނީ ބިދޭސީންނަށް ވެސް އެއް އަގެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Vaudhah kamey hithaasheve! https://t.co/jfzD45LOQn Boduthanun Kuda Kuran vidhaalhuvi ethereyge Udhuhun thakuge agu Bidheyseenah ves Eh ageh gai kuda kuran vaane. Eyrun local tourism fulhaavaanee!
— Ahmed Nihan (@ahmed_nihan) January 1, 2019
އެ ޓްވީޓްގައި ނިހާން ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދަށް ކަމޭހިތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަށް ގޮވާލައްވާފައެވެ.
"ބޮޑުތަނުން ކުޑަކުރަން ވިދާޅުވި އެތެރޭގެ އުދުހުންތަކުގެ އަގު ބިދޭސީންނަށް ވެސް އެއް އަގެއްގައި ކުޑަކުރަންވާނެ. އޭރުން ލޯކަލް ޓޫރިޒަމް ފުޅާވާނެ!"، ނިހާން ވިދާޅުވި އެވެ.
ނިހާން މިހެން ވިދާޅުވިއިރު، ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހު ތެރޭ ކުރަން ވައުދުވި ދަތުރުފަތުރާ ބެހޭ ކަންތައްތަކުގެ ތެރެއިން ނުނިމި ބާކީ އޮތީ ހަމައެކަނި އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރުން ކަމަށާއި، ވަރަށް އަވަހަށް އެކަން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ މިދިޔަ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު ވިދާޅުވެފަ އެވެ. ނަމަވެސް 2018 ވަނަ އަހަރު ނިމިގެންދިޔަ އިރުވެސް އެތެރޭގެ އުދުހުންތަކުގެ އަޑު ކުޑަކޮށްފައެއް ނުވެއެވެ.