ގޯލްކީޕަރުން ތަމްރީންކުރުމަށް ގޯލްކީޕިންގ ސެޓްފިކެޓް ކޯޗިން ކޯހެއް ބާއްވަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
އެފްއޭއެމް އިން ބުނާ ގޮތުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް އޮންނާނީ މި ހިނގާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ދުވަހު ނިޔަލަށް، މާލޭގައި ކަމަށެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެފްއޭއެމް ހައުސް އިން ލިބެން ހުންނާނެ ކަމަށާއި، ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 15 ދުވަސް ކަމަށްވެސް އެފްއޭއެމް އިން ބުނެއެވެ.
މި ކޯހުގައި ތަމްރީނު ދޭނީ އޭއެފްސީގެ ތަޖުރިބާކާރު ގޯލްކީޕިން އިންސްޓްރަކްޓަރެކެވެ. އަދި ހުރިހާ ގޯލްކީޕަރުންނާއި، ގޯލްކީޕަރުންގެ ކޯޗުންނަށް ވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެފްއޭއެމް އިން ބުނެއެވެ.
