ޙަޤީޤީ ރައްޓެހިންނަކީ ތިބާގެ ފަރާތުން އައިބެއް ފެނިއްޖެނަމަ، ނަސޭހަތްތެރިވާ މީހުން ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.
ޝެއިޚް އިލްޔާސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Hageegee rattehinnakee thibage farathun aibeh fenijjenama thiba ah naseehatherivaa adi thiba heyokamekoffinama ekamah hivvaru dhey adhi heyo kanthah kurumah thiba ah eheetherivaa adi evves zaathee edhumenethi thibadheke loabiva meehaaeve.
— Ilyas Hussain (@shkilyas) January 1, 2019
އެ ޓްވީޓްގައި އިލްޔާސް ވިދާޅުވެފައި ވަނީ ޙަޤީޤީ ރައްޓެހިންނަކީ ތިބާގެ ފަރާތުން އައިބެއް ފެނިއްޖެނަމަ، ތިބާއަށް ނަސޭހަތްތެރިވާ، އަދި ތިބާ ހެޔޮ ކަމެއް ކޮށްފިނަމަ އެކަމަށް ހިތްވަރުދޭ އަދި ހެޔޮ ކަންތައް ކުރުމަށް ތިބާ އަށް އެހީތެރިވާ، އަދި އެއްވެސް ޒާތީ އެދުމެއް ނެތި ތިބާދެކެ ލޯބިވާ މީހުން ކަމަށެވެ.
ޝެއިޚް އިލްޔާސް މިހެން ވިދާޅުވިއިރު، ޙަޤީޤީ ރައްޓެހިންނަކީ ކޮބައިކަން ނިމިގެން މިދިޔަ އަހަރު އެނގިގެން ގޮސްފައިވާ ކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.
އެގޮތުން އާ އަހަރާއި ދިމާކޮށް ޝަހީމް "ފޭސްބުކް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އަހަރަކީ ވަރަށް ގިނަ ފިލާވަޅުތަކެއް ލިބުނު އަހަރެއް ކަމަށާއި އެގޮތުން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ޙަޤީޤީ ރައްޓެހިންނަކީ ކޮބައިކަން އެނގުން ކަމަށެވެ.
އަދި އެންމެ ބޭނުންވި ވަގުތު އެކުގައި ތިއްބެވި ބޭފުޅުންނާއި މެދު އަބަދުވެސް ފަޚުރުވެރިވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ދެމި ހުންނާނީ އެ ބޭފުޅުންނާއެކު، އެ ބޭފުޅުން ތިއްބެވި ތަނެއްގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.