ފުލުހުންގެ ރިފޯމް ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ގާއިމްކުރެވޭ އޮންލައިން ޕޯޓަލް އިފްތިތާހުކޮށްފިއެވެ.
"ރައްޔިތުންގެ ޚިޔާލު" ޕޯޓަލް އިފްތިތާހު ކޮށްދެއްވީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި ހަފްލާއެއްގައި އެކްޓިން ސީޕީ މުހައްމަދު ހަމީދެވެ.
ޕޯޓަލް އިފްތިތާހު ކޮށްދެއްވަމުން އެކްޓިން ސީޕީ ވިދާޅުވީ މިޕޯޓަލްގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.
ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ޕޯޓަލްއަށް ހުށައެޅޭ ޚިޔާލުތައް ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ވެސް ބޭނުންކުރާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
ރައްޔިތުންގެ ބައިވެރިވުން ހޯދުމަށް އޮންލައިން ޕޯޓަލްއެއް ގާއިމް ކުރުމަކީ ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހު ކުރުމަށް ނިންމަވާފައިވާ ކަމެކެވެ.