އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަން އިން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަދި ޑިސެމްބަރ 31ވަނަ ދުވަހުގެ 17:40 ހާއިރު ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު، އައްޑޫ ސިޓީ ލިންކް ރޯޑު ސަރަޙައްދުން މިމީހާ ސައިކަލުގައި މޮބައިލްފޯނު ބޭނުން ކުރަމުންދާތީ އޭނާ ހުއްޓުވި ވަގުތު ޖީބުން ވައްޓައިލި އެއްޗެއް ނަގައި ބަލައިފާސްކުރިކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މީހާގެ ބަންދަށް މިހާރު ހަތް ދުވަސް ޖަހާފައިވާއިރު، މިމައްސަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.