Last Updated: June 17, 12:00
Wednesday, June 17, 2026
ޚަބަރު

މުސްލިމުންނަކީ ކުރި ވައުދެއްގެ މަތީގައި ތިބޭ ބައެއް: ޝެއިޚް ޒައިދު

އައްޝައިހް އަލީ ޒައިދު

މުސްލިމުންނަކީ ކަމެއް ކުރުމަށް ވައުދުވެފައިވާނަމަ، އެ ވައުދެއްގެ މަތީގައި ދެމިތިބޭ ބައެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވަނީ މި ސަރުކާރަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިތުބާރެއް އޮތް ސަރުކާރެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ވަރަށް އިތުބާރު އެބައޮތް ކަމަށެވެ. ނަމަވެސް މިއާއެކު ހަނދާންކޮށްލަދޭން ބޭނުންފުޅުވާ ކަމަކީ މުސްލިމުންނަކީ ކުރި ވައުދެއްގެ މަތީގައި ތިބޭ ބައެއް ކަމަށްވެސް ޝެއިޚް ޒައިދު ވިދާޅުވި އެވެ.

"ވައުދެއް ފުއްދުމަށް ޓައިމް ލިމިޓެއް ދެވިފައިވާނަމަ، އެކަމަށް ސަމާލުވުން ވަރަށް މުހިންމު"، އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވެއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވިއިރު، ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހު ތެރޭ ކުރަން ވައުދުވި ދަތުރުފަތުރާ ބެހޭ ކަންތައްތަކުގެ ތެރެއިން ނުނިމި ބާކީ އޮތީ ހަމައެކަނި އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރުން ކަމަށާއި، ވަރަށް އަވަހަށް އެކަން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ މިދިޔަ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު ވިދާޅުވެފަ އެވެ. ނަމަވެސް 2018 ވަނަ އަހަރު ނިމިގެންދިޔަ އިރުވެސް އެތެރޭގެ އުދުހުންތަކުގެ އަޑު ކުޑަކުރެވިފައެއް ނުވެއެވެ.