Last Updated: June 17, 11:00
Wednesday, June 17, 2026
ޚަބަރު

"ވައުދުވީ އުދުހުންތަކުގެ އަގު "ބޮޑު" ތަނުން ހެޔޮކުރުމަށް، އޮޅުވާނުލައްވާ!"

ވައުދުވެވަޑައިގެންނެވީ އެތެރޭގެ އުދުހުންތަކުގެ އަގު "ބޮޑު" ތަނުން ހެޔޮ ކުރައްވާނެ ކަމަށް ކަމަށާއި، އޮޅުވާނުލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

ނިހާން މިހެން ވިދާޅުވިއިރު، ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ 25% އާއި 30% އާއި ދެމެދުގެ އަދަދަކަށް އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކޮށްފައިވާ ކަމަށް މިރޭ އިއުލާންކޮށްފަ އެވެ. އަދި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ އަގުތަކަށް އަމަލު ކުރަން ފަށާނެކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ގެންނަން ނިންމާފައިވާ ބަދަލު:

މާލެ – ހަނިމާދޫ – މާލެ – ދެކޮޅު ޓިކެޓް 1610 ރުފިޔާ އާއި 2226 ރުފިޔާއާއި ދެމެދު

މާލެ – އިފުރު – މާލެ – ދެކޮޅު ޓިކެޓް 1500 ރުފިޔާ އާއި 2056 ރުފިޔާއާއި ދެމެދު

މާލެ – ދަރަވަންދޫ – މާލެ – ދެކޮޅު ޓިކެޓް 1098 ރުފިޔާ އާއި 1562 ރުފިޔާއާއި ދެމެދު

މާލެ – ކުޑަހުވަދޫ – މާލެ – ދެކޮޅު ޓިކެޓް 1500 ރުފިޔާ އާއި 2065 ރުފިޔާއާއި ދެމެދު

މާލެ – ތިމަރަފުށި – މާލެ – ދެކޮޅު ޓިކެޓް 1610 ރުފިޔާއާއި 2226 ރުފިޔާއާއި ދެމެދު

މާލެ – ކައްދޫ – މާލެ – ދެކޮޅު ޓިކެޓް 1610 ރުފިޔާ އާއި 2226 ރުފިޔާއާއި ދެމެދު

މާލެ – ކޫއްޑޫ – މާލެ – ދެކޮޅު ޓިކެޓް 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު

މާލެ – ކާޑެއްދޫ – މާލެ – ދެކޮޅު ޓިކެޓް 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު

މާލެ – ފުވައްމުލައް – މާލެ – ދެކޮޅު ޓިކެޓް 1698 ރުފިޔާ އާއި 2598 ރުފިޔާ އާއި ދެމެދު

މާލެ – ގަން – މާލެ – ދެކޮޅު ޓިކެޓް 1698 ރުފިޔާ އާއި 2666 ރުފިޔާ އާއި ދެމެދު