Last Updated: July 1, 11:57
Wednesday, July 1, 2026
ކުޅިވަރު

"އައްޑޫ ފުޓްސަލް ޗެލެންޖް" ގައި 12 ޓީމް

ސ. ފޭދޫ ޖަމިއްޔާއެއް ކަމަށްވާ ފޭދޫ ޔޫތު ކޮމިއުނިޓީ (އެފްވައިސީ) އިން އިންތިޒާމް ކުރާ "ފްލައި މީ އައްޑޫ ފުޓްސަލް ޗެލްނެޗް 2013" ގައި 12 ޓީމަކުން ބައިވެރިވެފައިވާ ކަމަށް އެޖަމިއްޔާއިން ބުނެފި އެވެ.

އެވްފައިސީން ބުނީ ބައިވެރިވުމުގެ މުއްދަތު ހަމަވި އިރު މުބާރާތުގައި ބައިވެރިވެފައި ވަނީ ފޭދޫން 5 ޓީމާއި، މަރަދޫން 2 ޓީމާއި ގަމުން ޓީމަކާއި ހިތަދޫން 4 ޓީމް ކަމަށެވެ.

އަންނަ ޖޫން 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުއަތު ލުން ޖޫން 10 ވަނަ ދުވަހު ބޭއްވުަމށް ވަނީ ހަމަޖެހިފަ އެވެ. އެފްވައިސީން ބުނީ ގުރުއަތުލުން ބާއްވާނެ ވަގުތަކާއި ތަނެއް ފަހުން އިއުލާން ކުރާނެ ކަަމަށެވެ.

ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސާރ އަކީ ފްލައި މީ އެވެ. ކޯ ސަޕޮންސަރަކީ އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ކުރުގާ ކޮފީ އެވެ.

މުބާރާތުގެ ރެސޯޓް ޕާޓްނާ އަކީ ޝަންގްރިއްލާ ވިލިނގިލި އެންޑް ސްޕާއެވެ. މުބާރާތުގެ އޮފިޝަލް ޑްރިންކަކީ ޔޫރޯ ސްޓޯރުން ވިއްކާ ރެޑްބުލް އެނާޖީ ޑްރިންކެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "އައްޑޫ ލައިވް" އެވެ.