އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރީ "އަމާކީތީ ފަރަށްދާ އުސޫލުން"ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރ ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް މޯލްޑިވިއަންއިން ނެރުނު ބަޔާން ޓްވިޓާގައި ހިއްސާ ކުރައްވައި ހަލީލު ވިދާޅުވީ ޓިކެޓުގެ އަގު ކުޑަކުރި ކަމުގެ ނަމުގައި ރައްޔިތުންނަށް ކޮށްފައިވަނީ މަލާމާތެއްކަމަށެވެ.
Amaakeethee farahdhaa usoolun ticket ge agu heyo kureema rahdhuvaanee malaamai. Male' – Kudahuvadhoo ai 3 guna dhurumin huri Male' – Addu/ Fuahmulak/ Hanimadhoo dhathuruge agah ballavaalavva. pic.twitter.com/dToDXx8E4z
— Dr. Abdulla Khaleel (@abkhaleel) January 2, 2019
ހަލީލު ވިދާޅުވީ އަގުތަކަށް ބަލާއިރު ކުޑަހުވަދޫ އާއި ތިން ގުނަ ދުރުގައި އޮންނަ މާލެ، ގަން އަދި މާލެ ފުވައްމުލައް އަދި މާލެ ހަނިމާދޫގެ އަގުތަކަށް ބަލާލުމުން އެނގޭކަމަށެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު 25 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދު އަގު ހެޔޮކުރުމަށް ނިންމައި ގައުމީ އެއާލައިން، މޯލްޑިވިއަންއިން ވަނީ ވަކިވަކި ސެކްޓާ ތަކުގެ ދެކޮޅު ޓިކެޓު އަގު އާއްމުކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ފެއާގައި މާލެ/އައްޑޫއަށް 2666 ރުފިޔާއަށް ދަތުރު ކުރެވެއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރައްވާނެކަމަށް ސަރުކާރުން އިއްލާން ކުރެއްވުމާއި އެކު އިދިކޮޅު ޕާޓީގެ ގޮތުގައި މިހާރު އަދި އޮތް ޕީޕީއެމް މަޖްލިސް މެމްބަރުން ދަނީ ފާޑު ކިޔަމުންނެވެ.