Last Updated: June 17, 11:00
Wednesday, June 17, 2026
ޚަބަރު

މާލޭ މަގުމައްޗަށް ކުނި އެޅި މީހަކު ޖޫރިމަނާ ކޮށްފި

މާލޭގެ މަގަކަށް ކުނި އަޅާފައި - ފޮޓޯ: ޓްވިޓާ

މާލޭގެ މަގުމައްޗަށް ކުނި އެޅި މީހަކު ޖޫރިމަނާކޮށް، އޭނާ ދިރިއުޅޭ ގޭގެ ނަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އާންމުކޮށްފި އެވެ.

އީޕީއޭ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަގަށް މަގަށް ކުނި އަޅައިގެން ޖޫރިމަނާކޮށްފައި ވަނީ ހ. ހަނދުވަރުދޭގޭގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅޭ މީހަކު ކަމަށާއި، އޭނާ ޖޫރިމަނާ ކުރީ ހ. ސަދުބަރަކާގެ ކައިރިއަށް ކުނި އަޅަން އުޅެނިކޮށް ކަމަށެވެ.

އެ މީހާ މަގަށް ކުނި އެޅިކަން ރިޕޯޓްކޮށްފައި ފުލުހުންނެވެ. އެހެންކަމުން ކުނި މެނޭޖުކުރުމާއި ބެހޭ ޤަވާއިދު ތަންފީޒްކުރުމުގައި ފުލުހުން ވެދެއްވި އެހީތެރިކަމަށްޓަކައި އީޕީއޭ އިން ވަނީ ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ.

މިއީ މަގުމައްޗަށް ކުނި އަޅައިގެން މީހެއްގެ ނަން އީޕީއޭ އިން އާންމުކުރި ފުރަތަމަ ފަހަރެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން މަގުމައްޗަށް ކުނި އަޅާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ނަގާނީ 300ރ. އެވެ. އަދި އެ ކުށް ތަކުރާރުކޮށްފި ނަމަ އެ މީހެއްގެ އަތުން 500 ރުފިޔާ ނެގޭއިރު، އެއީ ނުރައްކާތެރި ބާވަތެއްގެ ކުނި ނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ޤާނޫނުން އީޕީއޭ އަށް ވަނީ ދީފަ އެވެ.