Last Updated: June 17, 11:00
Wednesday, June 17, 2026
ޚަބަރު

ޑެޕިއުޓީ އޭޖީ އުޝާމް އިސްތިއުފާދެއްވައިފި

ޑެޕިއުޓީ އެޓާނީ ޖެނެރަލް (އޭޖީ) އަހްމަދު އުޝާމް އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އުޝާމް އާއި ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާ ޑެޕިއުޓީ އޭޖީގެ މަޤާމުން އިސްތިއުފާ ދެއްވީ ރައީސް އޮފީހުގެ އެންގެވުމުގެ މަތިން ކަމަށެވެ.

ޑެޕިއުޓީ އޭޖީގެ މަޤާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ އާ ބޭފުޅަކު އައްޔަންކުރައްވައިފަ އެވެ. އެގޮތުން އެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ ޚަދީޖާ ޝަބީނެވެ.

އިއްޔެ އެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރެއްވި ނަމަވެސް، އެ މަޤާމުން އުޝާމް ވަކިކޮށްފައި ނުވާ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމަށް ފަހު ވެސް އެ މަޤާމުގައި ހުންނެވީ ރައީސް ސޯލިހުގެ އެދިވަޑައިގަތުމަކަށް ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް އުޝާމު އައްޔަންކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ ތެރޭގައެވެ.