Last Updated: April 19, 06:56
Friday, April 19, 2024
މުނިފޫހިފިލުވުން

"ދަ ފަކީރް އޮފް ވެނިސް"ގެ ޓްރެއިލާ ދައްކާލައިފި

ފަރްހާން އަޚްތަރުގެ ޑެބިއު ފިލްމް ކަމުގައިވާ "ދަ ފަކީރް އޮފް ވެނިސް" ރިލީޒްކުރުމަށް ޝެޑިއުލްކުރިތާ 10 އަހަރު ދުވަސް ފަހުން، އެ ފިލްމްގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމްގެ ލީޑް ރޯލްތަކުން ފެނިގެންދާނީ ފަރްހާން އަޚްތަރް އާއި އައްނޫ ކަޕޫރް އެވެ. މިއަދި ރިލީޒްކުރި ފިލްމްގެ ޓްރެއިލާ އިން ފެނިގެންދަނީ ޙަޤީޤީ ފަކީރް އެއް ހޯދުމަށްޓަކައި ފަރްހާން ކުރާ މަސައްކަތެވެ.

މި ފިލްމް އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ 2009 ވަނަ އަހަރު އެވެ. އެ އަހަރު ރިލީޒްކުރި ނަމަ، މި ފިލްމް ވާނީ ފަރްހާންގެ ޑެބިއު ފިލްމަށެވެ. އެހެންނަމަވެސް ފިލްމްގެ ޕްރޮޑަކްޝަންގައި ދިމާވި މައްސަލަތަކަކާއި ގުޅިގެން ފިލްމްގެ ރިލީޒް ވަނީ ލަސްވެފައެވެ.

އާނަންދު ސޫރާޕޫރް ޑައިރެކްޓްކޮށް، ޕުނީތު ދޭސާއި ޕްރޮޑިއުސްކޮށްފައިވާ މި ފިލްމްގެ މިއުޒިކް ހަދާފައި ވަނީ އޭ އާރް ރެހްމާން އެވެ. މި ފިލްމްގެ ޑައިލޮގުތަކާއި، ވާހަކައާއި ސްކްރީންޕްލޭ ލިޔެފައި ވަނީ ރާޖޭޝް ދޭވްރާޖް އެވެ.

"ދަ ފަކީރް އޮފް ވެނިސް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.