Last Updated: June 17, 11:00
Wednesday, June 17, 2026
ޚަބަރު

އިތުރު ދެ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅައިފި

ފޮޓޯ: ޓްވިޓާ

އިތުރު ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އަށް ހުށަހަޅައިފިއެވެ.

އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ހަވާލާދީ "ސީއެންއެމް" އިން ރިޕޯޓްކުރާ ގޮތުގައި އިއްޔެ އާއި މިއަދު ވަނީ އިތުރު ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން "ކަރިސްމާ ޕާޓީ މޯލްޑިވްސް"ގެ ނަމުގައި އާއި "ނެޝަނަލް ރިފޯމް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ. ކަރިސްމާ ޕާޓީ އުފެއްދުމަށް ހުށަހަޅާފައި ވަނީ މ. ކެލަމް މުހައްމަދު އިސްމާއިލް ކަމަށްވާއިރު، ނެޝަނަލް ރިފޯމް ޕާޓީ އުފެއްދުމަށް ހުށަހެޅީ ސ. ފޭދޫ، އިނގުރުމާގޭ މުހައްމަދު ދީދީ އެވެ.

މީގެ ތެރެއިން ނެޝަނަލް ރިފޯމް ޕާޓީ އުފެއްދުމަށް ހުށަހެޅުއްވި ޑީޑީ އަކީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ހުންނެވި ޑރ. ޝަހީމް އަލީ ސައީދުގެ އަރިސް ބޭފުޅެކެވެ.

އީސީ އިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވެސް ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައެވެ.