ޅ. ކުރެންދޫއިން ހާލުބޮޑު ބަލި މީހަލު އެމްއެންޑިއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި މިއަދު 13:00 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 75 އަހަރުގެ އަންހެނެކެވެ. އެ ހެލޮކޮޕްޓަރު ޖައްސާފައި ވަނީ މާލޭގެ އުސްފަސްގަނޑު ސަރަޙައްދުގަ އެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ނޭވާލާން އުނދަގޫވެ ޅ. ކުރެންދޫ ސިއްޙީ މަރުކަޒުން ބެއްލެވި ޑޮކްޓަރުން ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ލަފާ ދެއްވުމުން ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މި މީހާ މިހާރު ވަނީ މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.