Last Updated: June 17, 11:00
Wednesday, June 17, 2026
ޚަބަރު

ޖަޕާންގެ އާ ސަފީރު، ފޮރިން މިނިސްޓަރ ޝާހިދު އާއި ބައްދަލުކުރައްވައިފި

ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސް ކެއިކޯ ޔަނާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ ދެ ބޭފުޅުން ތައާރަފް ވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މިއަދު ހެދުނު ރައީސް އޮފީހުގައި ސަފީރު ޔަނައީގެ ސަފީރުކަމުގެ ފަތްކޮޅު އެކަމަނާ ރައީސް ސޯލިހްގެ އަރިހަށް އަރުއްވައިފިއެވެ.

މި ބައްދަލްވުމުގައި، މިނިސްޓަރ ވަނީ ސަފީރު ޔަނާއިއަށް ތަހުނިޔާ ވިދާޅުވެ، އެ ކަމަނާގެ ސަފީރުކަމުގެ ދައުރުގައި ކުރައްވާ މަސައްކަތްތަކުގައި، ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އަރުއްވާފައެވެ.

ޖަޕާނާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ބިންގާ އެޅިފައިވަނީ ދެ ޤައުމުގެ ރައްޔިތުންގެ އެކަކު އަނެކަކަށް ބާއްވާ ގާތްކަން ހަރުދަނާވުމުގެ ސަބަބުން ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މި ބައްދަލްކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލާއި، އެސިސްޓަންޓް ޑިރެކްޓަރ ޒީނާ މުހައްމަދު ދީދީ ބައިވެރިވެވަޑައިގަތެވެ.