Last Updated: June 17, 09:32
Wednesday, June 17, 2026
ޚަބަރު

ނައިފަރުން ވެސް ހާލޮބޮޑު ބަލިމީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ޅ. ނައިފަރުން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި މިއަދު 17:15 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 78 އަހަރުގެ ފިރިހެނެކެވެ. މި މީހާ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވަނީ ނައިފަރު އަތޮޅު ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުން ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ލަފާ ދެއްވުމާއި މޫސުން ގޯސްވެ ކަނޑުމަގުން ކުރާ ދަތުރުގައި ގިނަ ވަގުތު ހޭދަވާތީ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ޅ. ނައިފަރުން މާލެ ގެނައި ބަލި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންފޮސްފައެވެ.

މީގެ އިތުރުން، މިއަދު މެންދުރު 13:00 ހާއިރު ޅ. ކުރެންދޫއިން ވެސް ހާލުބޮޑު ބަލި މީހަލު އެމްއެންޑިއެފް ހެލިކޮޕްޓަރުގައި ވަނީ މާލެ ގެނެސްދީފިއެވެ. އުމުރުން 75 އަހަރުގެ އެ އަންހެން މީހާ ވަނީ ވެސް ވަނީ މިހާރު އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ.