Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ސިނަމާލެ ބްރިޖު މަތިން ކާރެއް ފުރޮޅާލައިފި

މާލެ އާއި ހުޅުލެ ދެމެދު އަޅާފައި އޮތް ސިނަމާލް ބްރިޖު މަތިން ކާރެއް ފުރޮޅާލައިފިއެވެ.

ބެލެވޭ ގޮތުގައި މިއަދު ހެނދުނު ހިނގި މިއެކްސިޑެންޓުގައި ކާރުގައި ތިބި މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ހެނދުނު ފުލުހުން އައި އިރު ކާރުގައި އެއްވެސް މީހެއް އަދި އެހިސާބުގައި ވެސް ކާރާ ހަވާލުވާނެ މީހަކު ނެތެވެ. އެކްސިޑެންޓާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.