Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ހުޅުދޫގައި ބިންމައްޗަށް ތާރު އެޅުނު މައްސަލަ ފުލުހަށް

ހުޅުމީދޫ ބޮޑު މަގުގައި އެޅުމަށް ގެނެސްފައި ހުރި ތާރު ފީފާތައް ރަނގަޅަށް ނުބެލެހެއްޓި ތިބުމުގެ ސަބަބުން ފީފާތައް ފީވެ ތާރު ބިންމައްޗަށް އެޅުނު މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށައަޅައިފިއެވެ.

ފީފާތަކުން ތާރު ބިންމައްޗަށް ވެއްޓި ރަށުގެ ފެން ފަށަލައާއި ފަސް ގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނުރައްކާ އެބަ އޮތް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އެކަން އެގޮތަށް ދިމާވީ ކޮން ބައެއްގެ އިހުމާލުންތޯ ބަލައި ފިޔަވަޅު އެޅުމަށް މިމައްސަލަ ހުށައަޅާފައިވާކަން އިއުލާން ކުރީ ހުޅުދޫ ކައުންސިލަރ އިބްރާހިމް ޝުކުރީއެވެ.

ހުޅުދޫގެ އިތުރުން ކުޅުދުއްފުށި އަދި ނިލަންދުއަށް ވެސް މިމައްސަލަ ދިމާވެފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ. މިއީ ތިމާވެއްޓަށް ލިބިދޭ ބޮޑު ގެއްލުމެއްގެ އިތުރުން ކުރެވޭ ބޮޑު އިސްރާފެއްކަން ވެސް ފާހަގަކޮށްލެވެއެވެ.