Last Updated: June 17, 09:32
Wednesday, June 17, 2026
ޚަބަރު

ސިފައިންގެ އާއިލާތަކާއި ޑިފެންސް މިނިސްޓަރ މާރިޔާ ބައްދަލުކުރައްވަފި

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ، ސިފައިންގެ އާއިލާތަކާއި ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރ މާރިޔާ ސިފައިންގެ އާއިލާތަކާއި ބައްދަލުކުރެއްވީ ރޭ ބޭއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވެ. އެގޮތުން އެކަމަނާ ވަނީ ސިފައިންގެ އާއިލާތަކާއި ބައްދަލުކުރައްވައި، ހާލު އޮޅުންފިލުއްވާފައެވެ.

ރޭގެ ފަރިއްކޮޅުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ސިފައިންގެ އިސް އޮފިޝަލުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޙަފްލާގައި ބައިވެރިވި ސިފައިންގެ އާއިލާތަކާއި ސިފައިންގެ ލީޑަރޝިޕް އިން ބައްދަލުކުރައްވާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.