Last Updated: June 17, 09:32
Wednesday, June 17, 2026
ޚަބަރު

ސަފާރީއެއް ދިޔަވަމުން ދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި

ވ. ފުލިދޫ އިން މާލެ އަށް ދަތުރުކުރަމުންދިޔަ ސަފާރީއެއް ފުލިދޫ ކަނޑުތެރެއިން ސަފާރީއެއް ދިޔަވަމުން ދާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ "މޯލްޑިވްސް އެކްސްޕްލޯރަރ" ނަމަކަށް ކިޔާ އެ ސަފާރީ ދިޔަވަމުންދާކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 11:20 ގައި ކަމަށާއި، އެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެ ސަރަޙައްދުގައި ޙާރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މި ހާދިސާގެ ޚަބަރު ލިބުމާއެކު ފިހާޅޮހި ރިސޯޓުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާ ހިނގިއިރު، އެ ސަފާރީގައި 16 ފަތުރުވެރިންނާއި 8 ފަޅުވެރިން ތިބި ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.